ޢީދު ވާނީ ހުކުރަށް: ރައީސް މައުމޫން

ފަލަކީ ހިސާބުން ދައްކާގޮތުގައި ޢީދު ވާނީ ހުކުރު ދުވަހަށް ކަމުގައި ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ ޓްވީޓާގައި ...

17 Apr 2023 | 16:41

ފަލަކީ ހިސާބުން ދައްކާގޮތުގައި ޢީދު ވާނީ ހުކުރު ދުވަހަށް ކަމުގައި ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ޓްވީޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އައިޝަތު ހައިފާ ނަމަކަށްކިޔާ މީހަކު ރައީސް މައުމޫން ޓެގް ކުރައްވައި ކުރި ސުވާލެއްގައި އަހާފައިވަނީ އީދު ވާނީ ކޮން ދުވަހަކަށްތޯ؟ އާއި އެއެއް ބަލައިލަން ބޭނުންވަނީ ސީދާ އެ ދުވަހަށް ރަށަކަށް ފުރަން ބޭނުންވާތީ ކަމަށެވެ.

"ފަލަކީ ހިސާބުން ދައްކާގޮތުގައި ޢީދު ވަނީ ހުކުރު ދުވަހަކަށް" ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

https://twitter.com/maumoonagayoom/status/1647980428580757507

ރާއްޖޭގެ ކަލަންޑަރުގައިވެސް ޢީދު ދުވަހަށް ވާނީ ހުކުރު ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ހުކުރު ދުވަހުގެ ރޭ ހަނދު ބެލުން ކުރިއަށްދާނެކަން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް