ރައީސް މައުމޫންގެ ކޮންޓްރޮވާޝަލް ސުވާލެއް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފޮޓޯއަކަށް !

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފޮޓޯއަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަރަށް ކޮންޓްރޮވާޝަލް ސުވާލެއް އުފައްދަވައިފިއެވެ. ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ދެ ފޮޓޯ...

17 Apr 2023 | 10:37

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފޮޓޯއަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަރަށް ކޮންޓްރޮވާޝަލް ސުވާލެއް އުފައްދަވައިފިއެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ދެ ފޮޓޯއެއް ހިމަނާފައިވާއިރު ބުނެފައިވަނީ 2023 ވަނަ އަހަރުގެ "ދިވެހި ބަހުގެ ދުވަސް" ފާހަގަކުރުމުގެ ގޮތުން އެ ކޮމިޝަންގައި ބޭއްވުނު ހާއްސަ އެސެމްބްލީގައި ދިވެހި ބަހުގެ އެކެޑަމީގެ ގަވާއިދު ކޮމިޓީގެ މެންބަރު އާދަމް ނަސީރު ބައިވެރިވެލެއްވިކަމަށެވެ.

އެ ޓްވީޓާއެކު އެ ކޮމިޝަނުން ހިއްސާކުރި އެއް ފޮޓޯގައި ވަނީ އެ ކޮމިޝަންގެ ބައެއް އިސް ވެރިންނާއި އާދަމް ނަސީރު ސޯފާއެއްގައި އިށީނދެ ތިބިއިރު އެ ކޮމިޝަންގެ ބައެއް މުވައްޒަފުން ފަހަތުގައި ކޮޅަށް ތިބި މަންޒަރެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ.

އެ ފޮޓޯއާއި ޓްވީޓަށް ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި، ހުރިހާ ފިރިހެން ބޭފުޅުން އިށީނދެ ވަޑައިގެން، ހުރިހާ އަންހެން ބޭފުޅުން ކޮޅަށް ތިއްބެވުން އެއީ ތާލިބާނުންގެ އުސޫލުތޯ ސުވާލު އުފައްދަވާފައެވެ.

https://twitter.com/maumoonagayoom/status/1647884826031292417

ރައީސް މައުމޫންގެ މި ސުވާލަށް ޓްވިޓާގައި މިހާރު އަންނަނީ ހޫނު ބަހުސެއް އުފެދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް