އިތިއޮޕިއާ މަގުން ރާއްޖެއަށް ޑްރަގު އެތެރެ ކުރި އިންޑިޔާ މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
އިތިއޮޕިއާ މަގުން ރާއްޖެއަށް ފަސްކިލޯގެ ޑްރަގް އެތެރެ ކުރި މައްސަލައިގައި މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރީ 56އ އިންޑިއާ އަށް ނިސްބަތްވާ ލަލްތުލަންޕަރި އެވެ.
އަދި އޭބާގެ ބަނަދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށް ތަރުޖަމާނާއެކު ގެނައުމަށް ނިންމާ އޭނާގެ ބަންދަށް އެންމެ ފުރަތަމަ ދީފައިވަނީ ތިން ދުވަހުގެ މުއްދަތެކެވެ.
މިގޮތުން ތަރުޖަމާނަކާ އެކު ހާޒިރުކުރުމުން ގާޒީ ވަނީ ލަލްތުލަންޕަރިގެ ބަންދަށް 15 ދުވަސް އިތުރުކޮށް އޭނާގެ ލަގެޖުގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ ކޮކެއިން ކަމަށް ވަގުތީ ޓެސްޓް ކިޓްގެ ނަތީޖާއިން ދައްކާ ކަމަށް ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް