ޗާގޯސް އާކިޕެލަގޯ (ފޯޅަވަހި) ގެ މައްސަލައިގައި ހުކުމް ކުރުން މިމަހުގެ 28 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
މިކަން ހާމަކޮށް ބައިނަލްއަގްވާމީ ކަނޑުތަކާބެހޭ ޓްރައިބިއުނަލް އިޓްލޮސް އިން ނެރުނު ބަޔާނެއްގައިވާ ގޮތުން ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުމާ ގުޅޭ މައްސަލައިގައި މިމަހުގެ 28 ވަނަ ދުވަހު ހުކުމް ކުރަން ވަނީ ތާވަލުކޮށްފަ އެވެ.
މޮރިޝަސްއާއި ރާއްޖެއާއި ދެމެދު ކަނޑުގެ ސަރަހައްދުގެ ހިޔާލު ތަފާތުވުންތައް ކުރިމަތިވީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާކިޕެލާގޯ އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ކަނޑައެޅުމުންނެވެ.
ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުމުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް