ނައިފަރުގައި މޫނުބުރުގާ އެޅި ދެމީހަކު ފިހާރައެއް ފަޅާލަން މަސައްކަތްކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.
އެ ވީޑިއޯއިން ފެންނަނީ ދިގު ހެދުން ލައި، މޫނުބުރުގާ އަޅައިގެން ތިބި ދެމީހަކު ކޮންމެވެސް އާލާތެއް ބޭނުންކޮށްގެން ފިހާރައިގެ ދޮރު ހަލާކުކޮށްލަން އުޅޭ މަންޒަރެވެ.
47 ސިކުންތުގެ އެ ވީޑިއޯގައި ފެންނަނީ ކުރަން އުޅުނު ކަންތައް ކާމިޔާބުވާގޮތް ނުވުމުން ފިހާރަ ސަރަހައްދު ދޫކޮށް އެ ދެމީހުން ދާތަނެވެ. އެ ވީޑިއޯއިން އެ ފެންނަނީ ދެ ފިރިހެނުން ކަމުގައި ބެލެވެއެވެ.
ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ ނައިފަރުގައި ފިހާރައަކުން ވައްކަންކުރަން މަސައްކަތްކޮށްފައިވާ މައްސަލަ ރޭ 21:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް