ކިނބިދޫ ވޭމަންޑޫ ބްރިޖް: މިހާރު ވިސްނަނީ އިތުރު ރަށްތަކެއް ހެދުމަށްފަހު ބްރިޖް ސެކްޝަން ތަކަކުން ގުޅާލުން !

ކިނބިދޫ ވޭމަންޑޫ ބްރިޖް މަޝްރޫއުގެ މިހާރު ވިސްނުން ހުރީ ދެ ރަށް ދޭތެރޭގައި އިތުރު ރަށްތަކެއް ހިއްކުމަށްފަހު ބްރިޖް ސެކްޝަންތަކެއް ހެދުން ކަމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެ...

17 Apr 2023 | 05:52

ކިނބިދޫ ވޭމަންޑޫ ބްރިޖް މަޝްރޫއުގެ މިހާރު ވިސްނުން ހުރީ ދެ ރަށް ދޭތެރޭގައި އިތުރު ރަށްތަކެއް ހިއްކުމަށްފަހު ބްރިޖް ސެކްޝަންތަކެއް ހެދުން ކަމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މި މަޝްރޫއުއާއި ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ އެންމެ ބޮޑު ގޮންޖެހުމަކީ މަޝްރޫއުގެ އަގު ބޮޑުވުން ކަމަށާއި އެގޮތުން 500 މިލިޔަނަށްވުރެ ގިނައިން ހަރަދުވާއިރު އެ ހަރަދު ކުޑަ ކުރެވޭތޯ ވެލިއު އިންޖިނިއަރިންގ އެއް ހެދީ ކަމަށެވެ. އެގޮތުން މިހާރު ވިސްނުން ހުރީ ޕައިލް ކޯޒްވޭ ހެދުމުގެ ބަދަލުގައި އެ ދޭތެރޭގައި ރަށްތަކެއް ހަދައި ހަތަރު ބްރިޖް ސެކްޝަނާއި ތިން އައިލެންޑް ސެކްޝަން ހެދުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތަށް މިކަން ކުރުމުން މަޝްރޫއުގެ އަގު 40 އިންސައްތަ ކުޑަ ކުރެވޭ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަޝްރޫއު މި އަހަރުގެ ދެވަނަ ކުއާޓާ ނިމުމުގެ ކުރިއަށް ޓެންޑާ ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އަދި ރިޔާސީ ދައުރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށޭނެ ކަމުގައި ގަބޫލުފުޅު ކުރައްވާކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް