ހުޅުމާލޭގައި އިއްޔެ މީހަކު މަރާލި ޕާކިސްތާނު މީހާގެ ބަންދަށް15 ދުވަސް ޖަހައިފި އެވެ.
މި މައްސަލައިގަ ހައްޔަރު ކުރީ ޕާކިސްތާނުގެ އުމުރުން26 އަހަރުގެ މުހައްމަދު އާބިދެވެ. އޭނާ މަރާލީ އެކުގައި ހާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަން އުޅުނު ބަންގްލަދޭޝްގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ދެމީހުންގެ ދެމެދުގައި އިއްޔެ ހަވީރު ފަހެއްޖަހާކަށް ހާއިރު ހިނގި ހަމަނުޖެހުމެއްގައި އާބިދު ވަނީ ބަންގްލަދޭޝް މީހާގެ ކަރާއި ބޮލަށް ވަޅި ހަރާފަ އެވެ. އެމީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރެއް ނުވެ އެވެ.
އެމީހާއަށް ހަމަލާދިނުމަށް ފަހު އަބީދު ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރީ ރޭ ދަންވަރު އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ހުޅުމާލޭ ފޭސް ދޭއްގެ ގޮނޑު ދޮށުގައި އުޅެނިކޮށް ކަމަށެވެ.
މި މައްސަލައިގަ އިތުރު މީހަކު ހައްޔަރެއް ނުކުރެ އެވެ.
މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް