ޗައިނާގެ ފަސް ސްކޮލަޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މަތީ ތައުލީމަށް ކިޔަވަން ޗައިނާ ސަރުކާރުގެ ދަށުން ލިބުނު ފަސް ސްކޮލަޝިޕް ފުރުސަތަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ. އެ މިނިސްޓްރީން ބުނީ ޗައިނާގެ ޔުނާން ޕްރޮވިންޝަލް ސަރުކާ...

17 Apr 2022 | 10:23

މަތީ ތައުލީމަށް ކިޔަވަން ޗައިނާ ސަރުކާރުގެ ދަށުން ލިބުނު ފަސް ސްކޮލަޝިޕް ފުރުސަތަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ޗައިނާގެ ޔުނާން ޕްރޮވިންޝަލް ސަރުކާރުގެ ފަރާތުން ލިބުނީ ޕީއެޗްޑީ އަށް ކިޔެވުމުގެ އެއް ފުރުސަތާއި ދެ ބެޗްލާސް ޑިގްރީގެ އިތުރުން ދެ މާސްޓާސް ޑިގްރީ ސްކޮލަޝިލް ކަމަށެވެ.

މި ސްކޮލަޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އެގޮތުން https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރެވޭނެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މިނިސްޓްރީގެ 3026941 ނުވަތަ 3026966 ނަމްބަރު ފޯނަށް ގުޅާލުމުންލިބެނަކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް