ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުންގެ ވެބްސައިޓްގައި ފޮޓޯ އާންމުކޮށް ފުލުހުން މިއަދު ބުނީ އޭނާ ހޯދަން އިއުލާންކުރީ ބ. އޭދަފުށި ޕޮލިސް ސްޓޭ...

17 Apr 2022 | 10:14

ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯ އާންމުކޮށް ފުލުހުން މިއަދު ބުނީ އޭނާ ހޯދަން އިއުލާންކުރީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީކަމަށެވެ.

އަދި ފުލުހުން ބުނީ އޭނާ ހޯދަން އިޢުލާނުކުރީ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ ގދ. ތިނަދޫ ދިލްބަހާރުގޭ އަޙްމަދު ނިއުޝަމް އެވެ.

ފުލުހުން ވަނީ އޭނާގެ މައްޗައް މިމަހުގެ 24 ވަނަ ދުވަހުގެ 12:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް އަންގާފައެވެ.

މީގެ އިތުރުން އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ވާނަމަ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791674 އަށް ގުޅައި ރިޕޯޓު ކުރަން އެދިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް