ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ފޯރަމް ގައި މިރޭގެ މަޢުޟޫއަކީ އެންމެ ރިވެތި ވާހަކަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 7 ވަނަ ޕްރޮގްރާމް މިރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ.
މިރޭ ތަޤްރީރުކުރައްވާނީ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި އައްޝައިޚް ނިމާލް މުޙައްމަދު އެވެ. މިރޭގެ މައުޟޫޢުއަކީ ”އެންމެ ރިވެތި ވާހަކަ”
މި މައުޟޫޢުއެވެ. ފޯރަމް ކުރިއަށް ދާނީ 21:30 އިން 22:30 އަށެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ރ. ދުވާފަރުގައި ބާއްވާ ފޯރަމް
އޮންނާނީ މާދަމާ ރޭ، 18 އޭޕްރިލް 2022ގައި އެރަށު ޕްރައިމަރީ ސްކޫލުގައި ކަމަށެވެ.
އަދި އެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ އައްޝައިޚް ޢަބްދުﷲ ރަޝީދު އަދި އައްޝައިޚް މުޙައްމަދު ޝިފާނެވެ.
ތަޤްރީރު ކުރައްވާނީ ”އީޖާބީ ވިސްނުން” މި މައުޟޫއަށް ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް