ރިސޯޓެއްގައި ގެނބިގެން ފަތުރުވެރިއަކު މަރުވެއްޖެއެވެ.
ފުލުުހުން ބުނެފައިވާގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އދ. އަތޮޅުގެ ރިސޯޓެއްގައެވެ. އެއީ ކޮން ރިސޯޓެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.
"މޫދަށް އެރި އުޅުނު ފިރިހން ފަތުރުވެރިއަކު ގެނބިގެން އުޅޭކަމަށް މިއަދު 12:11 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ ފަތުރުވެރިޔާއަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވާކަމަށް ޑޮކްޓަރު މައުލޫމާތުދީފައިވާކަމަށާއި މަރުވެފައިވަނީ 30 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް