މެމްބަރު ގައްސާނާއި ސައީދު މިރޭ ފުލުހަށް ހާޒިރު ކުރަނީ

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ. މިދިޔަ މަހު އިދިކޮޅު ކޯލިޝަނުން ބޭއްވި "ނޭވާ ހޮޅިއަށ...

17 Apr 2022 | 09:14

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

މިދިޔަ މަހު އިދިކޮޅު ކޯލިޝަނުން ބޭއްވި "ނޭވާ ހޮޅިއަށް" ބޮޑު މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ ދެބޭފުޅުން ހިމެނެ އެވެ. ގައްސާނާއި ސައީދު ދޫކޮށްލީ ޝަރުތުތަކަކާއި އެކު މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ޕީޕިއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާގައި ވިދާޅުވީ ސައިދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހެނީ މިރޭ9:30 އަށް ކަމަށެވެ. އަދި ގައްސާން ހާޒިރުވާން އަންގާފައިވަނީ10:30 އަށް ކަމަށެވެ.

އެ ބޭފުޅުން އެ އިދާރާ އަށް ހާޒިރުވުމަށް އަންގަވާފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ.

އިދިކޮޅުގެ މުޒާހަރަތާތަކަކީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް