މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުއެކަނިވެސް ހަތް މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވެސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މީރާގެ ތަފާސްހިސާބްތައް ދައްކާގޮތުން މިއީ މިއަހަރުގެ ފުރަތަތަމަ ތިން މަހުގެ ތެރެއިން މުދަލުގެ ޒަކާތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ވެސް ޖެނުއަރީ މަހެވެ. ދެން އެންމެ ގިނައީ މާރޗް މަހުއެވެ. އެއީ 5.9 މިލިއަން ރުފިޔާއެވެ. ފެބްރުއަރީ މަހު ދައްކާފައިވަނީ 2.9 މިލިއަން ރުފިޔާއެވެ.
ޖުމްލަކޮށް މިއަހަރުގެ ފުރަތަމަ ތިންމަހު ލިބިފައިވަނީ 15.9 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ލިބުނު އަދަދާ އަޅާބަލާއިރު 2.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު އެމްއެމްއޭއިން ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެންނެވެ.
މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅަނީ މިނިސްޓްރީންނެވެ. ނިސޯބު އެންމެ ފަހުން ކަނޑައަޅާފައި ވަނީ މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ. އެގޮތުން ރާއްޖޭގައި މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 7،241.15 ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް