ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިން ސަލާމަތްވި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ޔާމީން މަރާލި މައްސަލައިގަ ދައުވާ އުފުލި ހަ މީހުންގެ ތެރެއިން ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ. އެއީ މ. ކުދެހިގޭ ހަސަން ޝިފާޒް އާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދު އަދި ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާނާއި މ. ތާއިފް، އިސްމާއިލް ރަޝީދު އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މީގެ ތެރެއިން ހައު ކޯޓުގައި އިސްތިއުނާފު ކުރީ ދިފްރާނާއި އިސްމާއިލް ރަޝީދުގެ މައްސަލަ ކަމަށެވެ. އަނެއް ދެމީހުން ވަނީ ހެކި ނުލިބިގެން އިސްތިއުނާފު ނުކުރުމުން ދޫވެފައި އެވެ.
މި މައްސަލައިގަ ޔާމީން މެރިކަން ސާބިތުވެފައިވަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުން މެރުމަށް ހުކުމް ކޮށްފަ އެވެ.
ޔާމީން މަރާލ ީ2017 ވަނަ އަހަރުގެ އޭޕްރިލް މަހު އޭނާ މާލޭގައި ދިރިއުޅޭ ގޭގެ ސިޑިގޮޅީގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް