ޕާކިސްތާނު މީހާ ހައްޔަރު ކުރީ ހުޅުމާލޭ ފޭސް ދޭއްގެ ގޮނޑުދޮށުން

ހުޅުމާލޭގައި އިއްޔެ މީހަކު މަރާލުމަށް ފަހު ފިލި ޕާކިސްތާނުގެ ކައްކާ ހައްޔަރު ކުރީ ފޭސް ދޭއްގެ ގޮނޑުދޮށުން ކަމަށް ފުލުހުން ބުނެފި އެވެ. މި މައްސަލައިގަ ހައްޔަރު ކުރީ ޕާކިސްތާނުގެ އުމުރުން26 އަހަރުގެ މު...

17 Apr 2022 | 07:03

ހުޅުމާލޭގައި އިއްޔެ މީހަކު މަރާލުމަށް ފަހު ފިލި ޕާކިސްތާނުގެ ކައްކާ ހައްޔަރު ކުރީ ފޭސް ދޭއްގެ ގޮނޑުދޮށުން ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައިގަ ހައްޔަރު ކުރީ ޕާކިސްތާނުގެ އުމުރުން26 އަހަރުގެ މުހައްމަދު އާބިދެވެ. އޭނާ މަރާލީ އެކުގައި ހާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަން އުޅުނު ބަންގްލަދޭޝްގެ ފިރިހެނެކެވެ.

ދެމީހުންގެ ދެމެދުގައި އިއްޔެ ހަވީރު ފަހެއްޖަހާކަށް ހާއިރު ހިނގި ހަމަނުޖެހުމެއްގައި އާބިދު ވަނީ ބަންގްލަދޭޝް މީހާގެ ކަރާއި ބޮލަށް ވަޅި ހަރާފަ އެވެ. އެމީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރެއް ނުވެ އެވެ.

އެމީހާއަށް ހަމަލާދިނުމަށް ފަހު އަބީދު ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރީ ރޭ ދަންވަރު އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ގޮނޑު ދޮށުގައި އުޅެނިކޮށް ކަމަށެވެ.

މި މައްސަލައިގަ އިތުރު މީހަކު ހައްޔަރެއް ނުކުރެ އެވެ.

މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް