ވިލިމާލެ އަންހެނުން ކޮމިޓީގެ ބައި އިލެކްޝަނަށް ނަން ތަރުތީބުކޮށްފި

ވިލިމާލެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަނަށް ވާދަކުރާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި އެވެ. މި އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނީ ޕީޕީއެމްގެ ފަރާތުން ކެނޑި...

17 Apr 2022 | 06:32

ވިލިމާލެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަނަށް ވާދަކުރާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި އެވެ.

މި އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނީ ޕީޕީއެމްގެ ފަރާތުން ކެނޑިޑޭޓެއް އެމްއެންޕީގެ ފަރާތުން ކެނޑިޑޭޓެކެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރާނީ އައިމިނަތު ޝީޒާއެވެ.

މި އިންތިހާބަށް ނަންތަރުތީބު ކުރެވިފައިވާއިރު ފާތިމަތު ނާޒިމާ ވާދަކުރައްވާނީ ކެނޑިޑޭޓް ނަންބަރު އެކެއްގެ ގޮތުގައެވެ. އައިމިނަތު ޝީޒާ ވާދަކުރައްވާނީ ކެނޑިޑޭޓް ނަންބަރު ދޭއްގެ ގޮތުގައެވެ.

ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ގަ އެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ މެމްބަރެއްގެ ގޮތުގައި ހުރި އާމިނަތު އީމާން ނިޔާވުމާއި ގުޅިގެންނެވެ.

މި ބައި އިލެކްޝަންގައި ވާދަކުރަން އެމްޑީޕީން ވެސް ނިންމި އެވެ. ނަމަވެސް ވަގުތު ހަމަވިފަހުން ފޯމްލުމާއި ގުޅިގެން އެ ޕާޓީއަށް ވަނީ އެފުރުސަތު ގެއްލިފައެވެ.

އެމްޑީޕީން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ 12:00 އަށް ސުންގަޑި ހަމަވި އިރު، ވާދަކުރަން ހުށަނޭޅުނީ އެ ދުވަހު މާލޭގެ ބައެއް ހިސާނުތަކުން ކަރަންޓް ދިޔަ އިރު، އެމްޑީޕީ އޮފީސް ސަރަހައްދުން ވެސް ކަރަންޓް ދިއުމުން އޮފީހުގެ އިދާރީ މަސައްކަތްތައް ހުއްޓުމަކަށް އައުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް