ބަންގްލަދޭޝް މީހާ މަރާލުމަށްފަހު ފިލައިގެން އުޅުނު ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

މިއަދު ހަވީރު ހުޅުމާލޭ ހާންޖީ ރެސްޓޯރެންޓްގައި ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލާފައި ފިލައިގެން އުޅުނު ޕާކިސްތާނު މީހާ ހައްޔަރު ކޮށްފިއެވެ. ފުލުހުން ދެންމެ ބުނެފައިވަނީ އެމީހާ މިހާރު ހައްޔަރު...

16 Apr 2022 | 22:04

މިއަދު ހަވީރު ހުޅުމާލޭ ހާންޖީ ރެސްޓޯރެންޓްގައި ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލާފައި ފިލައިގެން އުޅުނު ޕާކިސްތާނު މީހާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ދެންމެ ބުނެފައިވަނީ އެމީހާ މިހާރު ހައްޔަރު ކުރެވިފައިވާކަމަށެވެ.

ފުލުހުން މިރޭ އިރާކޮޅު ބުނެފައިވަނީ އެއީ ވަރަށް ނުރައްކާތެރި މީހެއް ކަަމަށާއި އެމީހާ ފެނިއްޖެނަމަ 119 އަށް ރިޕޯޓްކުރަން ވާނެ ކަމަށެވެ.

ކަރަށާއި ހަށިގަނޑުގެ ގިނަ ތަންތަަނަށް ވަޅިން ހަމަލާދީ މަރާލާފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ޝާހީން ނަމަކަށްކިޔާ މީހެކެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

https://twitter.com/PoliceMv/status/1515440680654589958

އެ ހަމަލާ ދީފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ނަމަކަށްކިޔާ މީހެކެވެ. އާބިދަކީ އެ ރެސްޓޯރެންޓުގެ ކައްކާއެކެވެ. މަރުވި ޝާހީނަކީ އެ ރެސްޓޯރެންޓްގައި ހެލްޕަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް