ހުޅުމާލޭގައި މެދުފަންތީގެ ފްެޓުތަކެއް އިމާރާތް ކުރުމަށް ހަތަރު ރކުންފުންޏަކާއި ހަވާލުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިނޮކާ ޕްރައިވެޓް ލިމިޓެޑާއި، އެސޯސިއޭޓެޑް ބިޒްނަސް އެޖެންޓްސް މޯލްޑިވްސްއާއި، ޖަވާހިރު އިލެވެން ޕްރައިވެޓް ލިމިޓެޑާއި، ގަލިއޮން ޕްރައިވެޓް ލިމިޓެޑާއި އެކު އެވެ.
މި ފްލެޓުތައް އެޅުމަށް ހަމަޖެހިފައިވަނީ ނެއިބަހުޑް އެކެއްގައި ރޯ ހައުސްތައް ހަދާފައިވާ ސަރަހައްދު ކައިރީގައެވެ. އަދި އެ ފްލެޓުތައް އަޅާނީ އަށް ބުރިއަށް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
މި ފްލެޓުތަކުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.
އެޗްޑީސީން ބުނީ މި ހަތަރު ކުނފުނގެ އިތުރުން ހަމަ އެ ފަންތީގެ ފްލެޓުތަކެއް އެޅުމަށް އިތުރު ތިން ފަރާތަކަށްވެސް އެވޯޑޫ ކުރެވިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ތިން ފަރާތާއެކު އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް