އުރީދޫގެ އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި

އުރީދޫގެ އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި އެވެ. އުރީދޫއިން މިއަދު ބުަނީ އެކަމަށްޓަކައި މާދަމާރޭ ހާއްސަ ރަސްމިއްޔާތެއް އޮންނާނެ ކަމަށެވެ. އަދި އުރީދޫގެ ކަސްޓަމަރުންނަށާއި ޝައުގުވެރިވާ ...

17 Apr 2017 | 17:07

އުރީދޫގެ އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި އެވެ.

އުރީދޫއިން މިއަދު ބުަނީ އެކަމަށްޓަކައި މާދަމާރޭ ހާއްސަ ރަސްމިއްޔާތެއް އޮންނާނެ ކަމަށެވެ. އަދި އުރީދޫގެ ކަސްޓަމަރުންނަށާއި ޝައުގުވެރިވާ ފަރާތްތަކަށް އުރީދޫއިން ހިއްސާ ގަތުމާއި ގުޅޭ މައުލޫމާތު މާދަމާރޭގެ ހަފްލާއިން އޮޅުންފިލައިގެންދާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑުގެ ނަމަށް ބަދަލުކޮށް އެ ކުންފުނިން ހިއްސާވިއްކަން ތައްޔާރުވެފައިވާކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އެ ކުންފުނިން ބުނީ ހިއްސާ ގަތުމާއި ގުޅޭ މައުލޫމާތު މިހާރު އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް