ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މިއީ މި އަހަރު އަލަށް ޢަމަލުކުރަން ފެށި ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކާބެހޭގޮތުން މުވައްޒަފުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ތަމްރީން ޕްރޮގްރާމެކެވެ. އޭސީސީގެ ކަމާބެހޭ ހުރިހާ މުވައްޒަފުންނަށް ކުރިޔަށް ގެންދާ މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ.
މި ޕްރޮގްރާމް ފައްޓަވާ ދެއްވާ އެންޓީ ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް މުޢައްވިޒް ރަޝީދު ވަނީ މާލިއްޔަތު ގަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މުހިންމު ކަމާބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމްގައި ސެޝަންތައް ނަންގަވާދެއްވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް