އެކި ފަހަރު މަތިން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޅ. ނައިފަރުން މީހަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 79 އަހަރުގެ ފިރިހެނެކެވެ. މި މަހުގެ 12 ވަނަ ދުވަހު އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނައިފަރު މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.
އެމީހާގެ ބަންދަށް އެ ރަށު މެޖިސްޓްރޭޓު ކޯޓުން ވަނީ 15 ދުވަސް ޖައިދީފަ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިިތުަރަށް ތަހުުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް