އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އިންޑިއާ ސަފީރާއި ހިއްސާކޮށްފި

ރާއްޖޭގެ ސިޔާސީ މަޝްރަހާއި މެދު އިދިކޮޅު ފަރާތްތަކުގެ މެދުގައި ހުރި ކަންބޮޑުވުންތައް އިންޑިއާއިން ރާއްޖެއަށް ކަނޑައުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އާއި ހިއްސާ ކުރައްވައިފި އެވެ. މި ބައްދަލުވ...

17 Apr 2017 | 09:34

ރާއްޖޭގެ ސިޔާސީ މަޝްރަހާއި މެދު އިދިކޮޅު ފަރާތްތަކުގެ މެދުގައި ހުރި ކަންބޮޑުވުންތައް އިންޑިއާއިން ރާއްޖެއަށް ކަނޑައުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އާއި ހިއްސާ ކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޔުމްނާ މައުމޫން އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒެވެ.

މި ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގަސިމް ވިދާޅުވީ މި އަދުގެ ބައްދަލުވުމުަގއި ސިޔާސީ މަޝްރަހާއި، އިގްތިސާދީ އަދި އިޖުތިމާއީ ހާލަތާއި ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ. އަދި އަބަދުވެސް އިންޑިއާ އަކީ ރާއްޖެއާއި ގާތް ގުޅުމެއް ބާއްވަމުންދާ ގައުމަކަށް ވާތީ އެ ގައުމަށް ރާއްޖޭގެ ހާލަތު އޮޅުންފިލުވައިދޭން ޖެހޭ ކަމަށެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އެމްޑީޕީ ޕީޖީ ލީޑަރު އުބޫ ވިދާޅުވީ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކުރަމުންދާ ކަންކަމަކީ ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސްކަން ނަގާލުމަށް ކުރާ ކަމެއްކަމަށެވެ. އަދި އިންޑިއާ އާއި އެކު އެ މައުލޫމާތުތައް ހިއްސާ ކުރެއްވީ އެ ގައުމަކީ އަބަދުވެސް ދިވެހި ރައްޔިތުންނާއި އެކު އޮންނަ ގައުމަކަށް ވާތީ  ކަމަށެވެ.

ޔުމްނާ މައުމޫން ވިދާޅުވީ ސަފީރާއި އެކު ބޭއްވި ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކަށް ދިމާވަމުންދާ ގޮންޖެހުންތަކުގެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބެވި ސަފީރުންނާއި ބައްދަލު ކުރަން ލަންކާއަށް ދާން ނިންމާފައިވާކަން ހާމަކޮށްފައި އެވެ. އިދިކޮޅު ފަރާތްތަކުން ބޭރުގެ ސަފީރުންނާއި ބައްދަލު ކުރައްވަމުން ގެންދަވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލާފައި އެވެ. އަދި އިއްޔެ ވަނީ ގާސިމްގެ އިމާރާތްތައް ބަލާ ފާސްކޮށް ކޯޓު އަމުރެއްގެ ދަށުން ފޯނު އަތުލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް