ކ. މާފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު އަންހެނަކު އެ ރަށު ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގަ ހައްޔަރު ކުރީ އުމުރުން 22 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާގެ އަތް ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 30 ރަބަރު ޕެކެޓާއި ފިލްމް ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކ. މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ އަންހެން މީހާ ފުލުހުންގެބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭ 12:30 ހާއިރު ލޯންޗެއްގައި ގޮސް މާފުށްޓަށް ފޭބިތަނުންނެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް އޭނާ އަށް ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް