ފ.ފީއަލި ފުލުހުން ހިންގި ރެޑީ ކޭމްޕު ނިންމި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.
މި ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޭމްޕުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްޚާންއެވެ.
މި ކޭމްޕުގެ މަގުސަދަކީ ފުރާވަރުގެ ކުދިން ހަރުދަނާ ބަޔަކަށް ހަދާ، ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، ޤައުމީ މަސައްކަތުގައި އެމީހުންގެ ބައިވެރިވުން އިތުރުކޮށް، ފުރާވަރުގެ ކުދިން ކުށުގެވެށިން ދުރުވެ ހަރުދަނާ ދަރިވަރެއްގެ ގޮތުގައި ދެމިހުރުމަށް މަގުދައްކައިދިނުމެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މިކޭމްޕުގައި ބިލަތްދޫ ސްކޫލާއި ފ.އަތޮޅު މަދަރުސާގެ ސާނަވީ މަރުހަލާގައި ކިޔަވަމުންދާ 73 ދަރިވަރަކު ބައިވެރިވެ ކޭމްޕު ފުރިހަމަކޮށްފައިވެއެވެ.
މިއީ ފުލުހުން ހިންގި 62 ވަނަ ރެޑީ ކޭމްޕެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް