ސަޓާ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ އެވޯޑު) ށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ރާއްޖެއާއި ސްރީލަންކާގަ...

17 Apr 2017 | 08:15

ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ އެވޯޑު) ށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖެއާއި ސްރީލަންކާގައި އޮޕަރޭޓްކުރާ ހައިރައިސް ކުންފުނީގެ ފަރާތުން އިންތިޒާމްކޮށް މެނޭޖްކުރާ ސަޓާ އެވޯޑު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި އެވެ. ހައިރައިޒް އިން ބުނީ ސަޓާ އެވޯޑު ބޭއްވުމަަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކަމަށެވެ.

އެވޯޑަށް ނަން ހުސަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މެއި މަހުގެ 30 ވަނަ ދުވަހަށެވެ.

މި އެވޯޑުގައި 36 ކެޓަގަރީއަކުން އެވޯޑު ދޭނެ އެވެ. މިދިޔަ އަހަރުގެ އެވޯޑަށް 260 ފަރާތަކުން ނަން ހުށަހެޅި އިރު 18 ދާއިރާއަކުން ރާއްޖެއަށް ވަނީ އެވޯޑު ލިބިފައި އެވެ.

މިދިޔަ އަހަރުގެ އެވޯޑު ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގައި އެވެ. ސަޓާ އެވޯޑަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤްޞަދުގައި ދޭ އެވޯޑެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް