ގާސިމަށް ކުރާ ގޯނާ ހުއްޓާލަން ނަޝީދު ގޮވާލުމުން އެކަމަށް އުމަރު ފާޑު ވިދާޅުވެއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ސިޔާސީ ގޮތުން ކުރަމުންދާ ގޯނާތައް ހުއްޓާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވުމުން ކުރީގެ ހޯމް...

17 Apr 2017 | 08:02

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ސިޔާސީ ގޮތުން ކުރަމުންދާ ގޯނާތައް ހުއްޓާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވުމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފާޑު ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހީމްގެ ގެކޮޅާއި އާއި އޮފީސް އިމާރާތްތަކަށް ފުލުހުން ވަދެ ބަލާ ފާސްކުރުން ހުއްޓާލުމަށް ރައީސް ނަޝީދު ގޮވާލެއްވި ގޮވާލުން އުމަރު ސިފަ ކުރެއްވީ "ކިނބޫ ކަރުނަ އެޅުމުގެ" ގޮތުގައެވެ.

ކިނބޫ ކަރުނައެޅުމަކީ އިނގިރޭސި ހަރުބަހެކެވެ. އެހަރުބަހުގެ މާނައަކީ މީހަކަށް ދެރައެއް ލިބުމުން އެކަމުގައި ބައިވެރިވާކަމަށް އަމަލުން ދެއްކި ނަމަވެސް ހަޤީޤަތުގައި އެކަމާއި އުފާވެފައި ހުރުމެވެ.

ގާސިމް އަށް ކުރިމަތިވަމުންދާ ކަންތައްތަކާއި ގުޅިގެން ހިތާމަފާޅުކޮށް ރައީސް ނަޝީދު އެކަންކަން ކުށްވެރި ކުރެއްވި ނަމަވެސް ހަޤީޤަތުގައި ރައީސް ނަޝީދު ގެންދަވަނީ އެކަމާއި އުފާކުރައްވަމުން ކަމަށް އުމަރު ސިފަކުރައްވާފައިވެއެވެ.

އިއްޔެ ފުލުހުން ގާސިމްގެ އިމާރާތްތަކާއި ގެ ކޮޅު ބަލާ ފާސް ކުރުމަށް ފަހު ބުނެފައިވަނީ ތުހުމަތު ކުރެވުނު އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް