އިނިގރޭސި ކޮމިކް އެކްރަރު ޗާލީ ޗަޕްލިންގެ ސަޕޯޓަރުންތަކެއް ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ.
ޗާލީ ޗަޕްލިން އުފަންވެފައިވަނީ މީގެ 128 އަހަރު ކުރިންނެވެ. އޭނާ މަރުުފަިއވަނީ އުމުރުން 88 އަހަރުގައި 1977 ގައި އެވެ.
ޗާލީ ޗަޕްލިންގެ ނަމުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުމުގެ ރެކޯޑު އެ ސަޕޯޓަރުން ހަދާފައިވަނީ 662 މީހުން ބައިވެރިވެގެންނެވެ. އެ އެއްވުމުގައި އެމީހުން ތިބީ ޗާލީ ޗަޕްލިން ފިލްމުތަކުގައި ބޭނުން ކުރި ކަހަލަ ދަތް އުނގުޅާ ބުރުސް ހިފަިއގެން، ތޮފި އަޅައިގެން، އޭނާ މޫނު ހަދާފައި ހުންނަގޮތަށް ހަދައި، ހަމަ އެގޮތަށް މަތިމަސްވެސް ބައިންދައިގެންނެވެ.
ޔޫރަޕްގެ އެކި ގައުމުތަކަށް ނިސްބަތްވާ މީހުން މިއެއްވުމުގައި ބައިވެރިވި އިރު އެއްވުން ބާއްވާފައިވަނީ ޗާލީ އެންމެ ފަހުން ދިރިއުޅުނު ސްވިޒެލޭންޑުގައި އޭނާގެ ހަނދާނުގައި ހަދާފައި ހުންނަ މިއުޒިއަމް ކައިރީގައި އެވެ. މިއުޒިއަމްގެ ތަރުޖަމާނު އޭއެއްޕީއަށް ބުނެފައިވަނީ މީގެ ކުރިންވެސް އެފަދަ އެއްވުމެއް ބޭއްވި ކަމަށާއި އެކަމަކު މިއީ ރަސްމީކޮށް މިހާ ގިނަމީހުން އެއްވެ ޗާލީގެ ހަނދާން އާކުރި ފުރަތަމަ ފަހަރު ކަމަށެވެ.
ޗާލީގެ ހަނދާނުގައި ހުޅުވާފައިވާ މިއުޒިއަމް އަކީ އެތައް ބަޔަކު ކޮންމެ ދުވަހަކު ޒިޔާރަތް ކުރާ ތަނެކެވެ. މިއުޒިއަމްގެ ތަރުޖަމާނު ބުނެފައިވަނީ އެތަން ހުޅުވި ފުރަތަމަ 12 މަސްދުވަހުގެ ތެރޭގައި 300،000 މީހުން އެތަނަށް ޒިޔާރަތް ކުރި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް