ސަލްމާން ހާންގެ ޅިޔަނު ބޮލީވުޑަށް ތައާރަފް ކުރަނީ

ސަލްމާން ހާންގެ ކޮއްކޮ އަރްޕިތާ ހާންގެ ފިރިމީހާ އަޔުޝް ޝަރްމާ ބޮލީވުޑަށް ތައާރަފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ. އާއިލާއިން މިހާރު ވަނީ އެކަން އިއުލާނުކޮށް ހަފްލާއެއްވެސް ބާއްވާފައި އެވެ. ހާން އާއ...

17 Apr 2017 | 03:14

ސަލްމާން ހާންގެ ކޮއްކޮ އަރްޕިތާ ހާންގެ ފިރިމީހާ އަޔުޝް ޝަރްމާ ބޮލީވުޑަށް ތައާރަފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އާއިލާއިން މިހާރު ވަނީ އެކަން އިއުލާނުކޮށް ހަފްލާއެއްވެސް ބާއްވާފައި އެވެ.

ހާން އާއިލާ އާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި އެންމެ ފުރަތަމަ އަޔުޝް ފެނިގެންދާނީ އެކްޝަން ރޮމޭންސް ފިލްމަކުންނެވެ. އަދި އެ ފިލްމަށް ތައްޔާރު ވުމަށާއި ބޮލީވުޑްގެ މަސައްކަތަށް ނުކުތުމަށް އަޔުޝް ވަނީ އެކްޓިން އާއި ސްޓަންޓު ހަދަން ތަމްރީން ހޯދާފައި އެވެ..

ސަލްމާން ބޭނުންވަނީ ބޮޑު ބަޖެޓަކުން ހަދާ ފިލްމެއްގައި އަޔުޝް ފުރަތަމަ ފަހަރަށް މަސައްކަތް ކުރާށެވެ. އަދި ސަލްމާން ބޭނުންވަނީ މިދިޔަ އަހަރުގެ އޭނާގެ ބްލޮކްބާސްޓާ ފިލްމު "ސުލްތާން" ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓު ކުރާ ފިލްމަކުން އަޔުޝް ބޮލީވުޑަށް ތައާރަފު ކުރާށެވެ.

އެ ފިލްމު ތައްޔާރު ކުރާނީ ސަލްމާން ހާން ޕްރޮޑަކްޝަން އިންނެވެ. އަޔުޝް އާއި އަރުޕިތާ އަދި މުޅި ހާން އާއިލާ ވަނީ މިދިޔަ މަހު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް