ތުޝާރް ކަޕޫރު ސަރޮގޭޓް ކޮށްގެން ހޯދި ދަރިފުޅު ފުރަތަމަ ފަހަރަށް ބޭރަށް ގެންގޮސްފި

ބޮލީވުޑްގައި ހެއްވާ މަޖާ ފިލްމުތަކުން މިފަހަކަށް އައިސް ފެންނަ ތުޝާރް ކަޕޫރްގެ ދަރިފުޅު ލަކްޝްޔާ ފުރަތަމަ ފަހަރަށް ގެއިން ބޭރަށް ގެންގޮސްފި އެވެ. އަންނަ ޖޫން މަހު އަހަރެއް ފުރޭ ލަކްޝްޔާ ގޮވައިގެން ތުޝ...

17 Apr 2017 | 02:29

ބޮލީވުޑްގައި ހެއްވާ މަޖާ ފިލްމުތަކުން މިފަހަކަށް އައިސް ފެންނަ ތުޝާރް ކަޕޫރްގެ ދަރިފުޅު ލަކްޝްޔާ ފުރަތަމަ ފަހަރަށް ގެއިން ބޭރަށް ގެންގޮސްފި އެވެ.

އަންނަ ޖޫން މަހު އަހަރެއް ފުރޭ ލަކްޝްޔާ ގޮވައިގެން ތުޝާރު ވަނީ ދެން އެންމެ އަވަހަށް ރިލީޒްވާ އޭނާގެ ފިލްމު "ގޯލްމާލް އަގެއިން"ގެ ސެޓަށް ގޮސްފައި އެވެ. އެ ފިލްމުގެ ޝޫޓިން ކުރިޔަށް ދަނީ ހައިދަރްއާބާދުގައި އެވެ.

އަދި ތުޝަރު ވަނީ ފޮޓޯ އަކާއި އެކު އެކަން ސަޕޯޓަރުންނާއި ހިއްސާ ކޮށްފައި އެވެ.

https://twitter.com/TusshKapoor/status/853534336494317569

ތުޝާރަކީ ކުރީގެ މަޝްހޫރު ތަރި ޖީތެންދްރަ އާއި ޝޯބާ ކްޕޫރުގެ ދަރިއެކެވެ. ތުޝާރު މީގެ ކުރިން މީޑިއާގައި ބުނެފައިވަނީ އޭނާ ސަރޮގޭޓުކޮށްގެން ދަރިއަކު ހޯދިކަން އިއުލާނު ކުރަން ބޭނުންވިޔަސް އާންމުން ދެކޭނެ ގޮތާއި މެދު ސުވާލު އުފައްދައި އިއުލާނު ނުކުރަން މައިންބަފައިން  އެދުނީ ކަމަށެވެ.

އެކަމަކު މިހާރު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އާންމުންނާއި މީޑިއާއިން ސަރޮގޭޓޫކޮށްގެން ކުދިން ހޯދުމާއި މެދު ނުބައިކޮށް ވިސްނުން ނުގެންގުޅޭތީ އުފާ ކުރާ ކަމަށެވެ.

އެންމެ ފަހުން ސަރޮގޭޓު ކޮށްގެން އެއްމާބަނޑު ދެ ކުދިން ލިބުނުކަން އިއުލާން ކުރީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް