ގެޓް ސެޓް ލޯން އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށް ފޯމްތައް އަލުން އިވެލުއޭޓް ކުރަނީ

އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވާފައިވާ ގެޓް ސެޓް ލޯނުގެ މަސައްކަތް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ޔޫތު މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދިޔަ ގެޓް ސ...

17 Apr 2015 | 11:00

އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވާފައިވާ ގެޓް ސެޓް ލޯނުގެ މަސައްކަތް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޔޫތު މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދިޔަ ގެޓް ސެޓް ލޯނުގެ މަސައްކަތް ބަދަލުކޮށްފައި ވަނީ އިކޮނަމިކް މިނިސްޓްރީގެ އެންޓަޕްރައިސް ޑިވެލޮޕްމެންޓް ސެކްޝަނަށް ކަމަށެވެ. އެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރިޔަސް ޕްރޮގްރާމަށް މާ ބޮޑު ބަދަލުތަކެއް ނާންނާނެ ކަމަށް ވެ އެވެ.

ގެޓްސެޓް ޕޮރޮގްރާމުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ޕްރޮގްރާމް ވަނީ ފެބްރުއަރީ މަހު ތެރޭ ނިންމާލަފަ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ދަށަށް އެ ލޯނުގެ މަސައްކަތް ބަދަލުވުމުން ލޯނަށް އެދި ހުށަހަޅާފައިވާ ހުރިހާ ފޯމެއް އަލުން އިވެލުއޭޓު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ އޭސީސީން ލޯނާއި ގުޅޭ މައްސަލައެއް ބަލާތީ ނޫންކަމަށާއި އޭސީސީން ކޮންމެ ގޮތަކަށް މައްސަލަ ނިންމިއަސް އަލުން ފޯމްތައް އިވެލުއޭޓު ކުރަން ނިންމާފައިވާ ކަމަށެވެ. އޭސީސީއަށް މައްސަލަ ހުށަހަޅާފައިވަނީވެސް އިވެލުއޭޓު ކުރުމާއި ގުޅޭގޮތުންނެވެ.

މި ޕްރޮގްރާމަކީ އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ 300،000 ރުފިޔާ އާއި 800،000 ރުފިޔާއާ ދެމެދުގެ ލޯނު ދޫކުރާ ޕްރޮގްރާމެކެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓު އުޅެނީ ސުން ޕަސެންޓާއި އަށް ޕަސެންޓާ ދެމެދުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް