ފަސްޓްލޭޑީ އެކްސް ބޭނުންކުރައްވަން ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު އެކްސް (ކުރިން ޓްވިޓާ) ބޭނުންކުރައްވަން ފައްޓަވައިފިއެވެ. ފަސްޓް ލޭޑީގެ އެކްސް އެކައުންޓުން އެނގޭގޮތ...

17 Mar 2025 | 14:33

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު އެކްސް (ކުރިން ޓްވިޓާ) ބޭނުންކުރައްވަން ފައްޓަވައިފިއެވެ.

ފަސްޓް ލޭޑީގެ އެކްސް އެކައުންޓުން އެނގޭގޮތުގައި އެ އެކައުންޓަކީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހަދާފައިވާ އެކައުންޓެކެވެ. ހަމަ އެ މަސްތެރޭގައި ފަސްޓްލޭޑީގެ ފޭސްބުކް ޕޭޖެއްވެސް ފައްޓަވާފައިވެއެވެ. ދެ ޕްރޮފައިލްގައިވެސް ބޭނުންކުރައްވާފައިވަނީ އެއް ފޮޓޯއެކެވެ.

ފަސްޓްލޭޑީގެ އެކައުންޓުން މިއަދު އަލަށް ޕޯސްޓެއް ކުރެއްވީ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ރޭގެ ވަގުތެއްގައި ބަޔަކު ކަޅުތެޔޮ ޖެހުމުން އެކަން ކުށްވެރި ކުރެއްވުމަށެވެ.

އެ ޕޯސްޓްގައި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ވިދާޅުވެފައިވަނީ އެފަދަ ހަމަލަތަކާއި ފުރައްސާރަކުރުންތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް