ވައްކަމުގެ މައްސަލައެއްގައި ހޯދާ މީހެއްގެ ވަނަވަރު ހާމަކޮށްފި

ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުން އަންނަ މީހެއްގެ ވަނަވަރު ދިވެހި ފުލުހުން ހާމަކޮށްފިއެވެ. ހޯދަމުން އަންނަނީ ކ. މާލެ، ގ. ސީވޭވް، އުމުރުން 24 އަހަރުގެ މުޙައްމަދު ތިބްޔާން ޝަހީން އެވެ. ފުލުހުނ...

17 Mar 2025 | 07:59

ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުން އަންނަ މީހެއްގެ ވަނަވަރު ދިވެހި ފުލުހުން ހާމަކޮށްފިއެވެ.

ހޯދަމުން އަންނަނީ ކ. މާލެ، ގ. ސީވޭވް، އުމުރުން 24 އަހަރުގެ މުޙައްމަދު ތިބްޔާން ޝަހީން އެވެ.

ފުލުހުން ބުނެފައިވާގޮތުގައި ތިބްޔާން ހޯދަމުން އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ވައްކަމުގެ މައްސަލައަކާއި ގުޅިގެންނެވެ.

ތިބްޔާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް