މަންދީ ގަޔަށް ކަޅުތެޔޮ ޖެހުން ފަސްޓްލޭޑީ ކުށްވެރި ކުރައްވައިފި

އެމްޑީޕީގެ އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހުން، ފަސްޓްލޭޑީ ކުށްވެރި ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ، ސާޖިދާ މުޙައްމަދު އެކަން ކުށްވެރި ކ...

17 Mar 2025 | 07:31

އެމްޑީޕީގެ އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހުން، ފަސްޓްލޭޑީ ކުށްވެރި ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ، ސާޖިދާ މުޙައްމަދު އެކަން ކުށްވެރި ކުރެއްވީ އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ފަސްޓްލޭޑީ ވިދާޅުވެފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެފަދަ ހަމަލަ ތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެފަދަ ހަމަލަތަކެއް ނޫން ކަމަށެވެ.

"މިފަދަ ދަނޑިވަޅެއްގައި މަސްރަހު އިތުރަށް ހޫނުވިޔަ ނުދީ، އިންސާފު ޤާއިމުވުމަށް އެންމެންވެސް ފުރުސަތު ދެމާ" ފަސްޓްލޭޑީގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ހެލްމެޓު އަޅައިގެން ސައިކަލެއްގައި ދިޔަ ބަޔަކު މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. މަންދީ ގަޔަށް ކަޅުތެޔޮ ޖަހާފައިވާ މި ދަނޑިވަޅަކީ ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން މަންދީ ދެއްކެވި ވާހަކައެއްގެ ސަބަބުން މަންދީއާއި ދެކޮޅަށް ދައުވާ ކުރުމަށް ފަސްޓްލޭޑީ ނިންމަވާފައިވާ ދަނޑިވަޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް