ރަމަޟާން މަހު އުރީދޫ މޯލްޑިވްސް އިން ތައާރަފު ކުރި ކަރާ ފެޅުން ގޭމާއި ގުޅިގެން ކަސްޓަމަރުންގެ އުފެއްދުންތެރި އަދި މަޖާ މީމްތައް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފެންނަން ފަށާފައެވެ.
މިކަމާއި ގުޅިގެން އުރީދޫ ކަރާ ފެން މީމް ޗެލެންޖް މިވަނީ އިއުލާނު ކޮށްފައެވެ. މި ޗެލެންޖުގައި އުރީދޫ އެޕް މެދުވެރިކޮށް ކަރާ ފެޅުމަށް ކަސްޓަމަރުން ކުރަމުންދާ ކަންކަމުގެ މަޖާ މީމްސް، ރީލް ނުވަތަ ޖިފް ބައިވެރި ކުރެވޭނެއެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ކޮންސިއާޖް ގްރޫޕް މޯލްޑިވްސްގެ ފަރާތުން ބަޓީކް އެއަރ މެދުވެރިކޮށް މެލޭޝިއާ ދެ ޓިކެޓް( ދެކޮޅު) ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ކަރާ ފެޅުން މީމް ޗެލެންޖް ގައި ބައިވެރިވުމަށް:
- އެންޓްރީ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުން
- ހޭޝްޓެގް OoredooKaraaFelhun# ބޭނުންކޮށްލާ އަދި
- ޓެގް ooredoomaldives@ އަދި conciergegroupmaldives.mv@
- 31 މާޗް 2025 ވާ ބުރާސްފަތި ދުވަހުގެ 11:59 ގެ ކުރިން.
ރާއްޖޭގައި ބަޓިކް އެއާގެ އެކްސްކްލޫސިވް ޖެނެރަލް ސޭލްސް އެޖެންޓް ކޮންސިއާޖް ގްރޫޕް މޯލްޑިވްސް އިން ވަނީ އުރީދޫ މޯލްޑިވްސްއާ ގުޅިގެން މި ޗެލެންޖަށް ހުށައަޅާފައިވާ އިނާމާއެކު މި ޗެލެންޖު އިތުރަށް ފުރިހަމަވެގެން ދެއެވެ.
މި ޗެލެންޖެ މެދުވެރިކޮށް ކަސްޓަމަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހުޅުވާލުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމުގައި އުރީދޫއިން ދެކެއެވެ.
އިތުރު ތަފްސީލް ހޯދުމަށް އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޗެނަލްތަކަށް މަޑުކޮށްލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް