ފަވަރަ މެދުވެރިކޮށް ފައިސާ ފޮނުވޭ ލިމިޓު ބޮޑުކޮށްފި

އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވާއިރު ވަގުތުން ޖަމާވާނޭހެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފްކުރި "ފަވަރަ" މެދުވެރިކޮށް ފައިސާ ފޮނުވޭ ލިމިޓު ބޮޑުކޮށްފިއެވެ. އެގޮތުން އެ...

17 Mar 2024 | 17:48

އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވާއިރު ވަގުތުން ޖަމާވާނޭހެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފްކުރި "ފަވަރަ" މެދުވެރިކޮށް ފައިސާ ފޮނުވޭ ލިމިޓު ބޮޑުކޮށްފިއެވެ.

އެގޮތުން އެމްއެމްއޭއިން މިއަދު ބުނީ މިއަދުން ފެށިގެން ފަވަރަ ޓްރާންސްފާ ލިމިޓް ފަހަރަކު ދެ ލައްކައާއި ހަމައަށް ބޮޑުކޮށްފައިވާކަމަށާއި ފަވަރަ ރިކުއެސްޓް ލިމިޓް 10 ހާހާއި ހަމައަށް ބޮޑުކޮށްފައިވާކަމަށެވެ. މީގެ ކުރިން ފަވަރަ ޓްރާންސްފާ ލިމިޓަކީ ފަހަރަކު 50 ހާސް ރުފިޔާ އެވެ. އަދި ފަވަރަ ރިކުއެސްޓް ލިމިޓަކީ މީގެ ކުރިން ފަހަރަކު ފަސް ހާސް ރުފިޔާއެވެ.

އެމްއެމްއޭގެ ފަވަރަ އެމްއައިޕީއެސްގައި މިވަގުތާއި ހަމައަށް ފަސް ބޭންކަކުން ވަނީ ބައިވެރިވެފައެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ އިތުރުން ބޭންކް އޮފް ސިލޯން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް