ދިރުވާލައިގެން ޑްރަގް އެތެރެކުރި ލެޓްވިއާ މީހާގެ ބަންދަށް އިތުރު ތިން ދުވަސް

ދިރުވާލައިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ލެޓްވިއާ މީހާގެ ބަންދަށް އިތުރު ތިން ދުވަސް ޖަހައިފި އެވެ. މަސްތުވާ ތަކެތި ދިރުވާލައިގެން އެތެރެ ކުރި ލެޓްވިއާ މީހާ ހައްޔަރު ކޮށްފައި ވަނީ ފުލުހުންގ...

17 Mar 2023 | 18:10

ދިރުވާލައިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ލެޓްވިއާ މީހާގެ ބަންދަށް އިތުރު ތިން ދުވަސް ޖަހައިފި އެވެ.

މަސްތުވާ ތަކެތި ދިރުވާލައިގެން އެތެރެ ކުރި ލެޓްވިއާ މީހާ ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އިމިގްރޭޝަނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު އޭނާގެ އެތެރެހަށީގައި ހުރި މަސްތުވާތަކެތި ނަގަން ކުރި މަސައްކަތުން 127 ބްލެޓްގެ ނުވަތަ 1018 ގްރާމްގެ ކޮކެއިން ވަނީ  އަތުލައިގަނެފަ އެވެ.

އުމުރުން 50 އަހަރުގެ ލެޓްވިއާ އަށް ނިސްބަތްވާ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ޖަހާފައި ވަނީ 15 ދުވަހެވެ. އަދި އޭގެ ފަހުން ދެވަނަ ފަހަރަށް މުއްދަތު ޖަހަން ގެންދިއުމުން ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ކަމަށް ޖަހައި ދީފައި ވަނީ ތިން ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް