ޔުކްރޭނުގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓުން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފި އެވެ.
ނެދަލެންޑްގެ ދަަ ހޭގްގައި ހުންނަ ކޯޓުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އަމުރު ނެރެފައި ވަނީ ޔޫކްރޭންގެ ހިފާފައިވާ ސަރަހައްދުތަކުން ގަދަކަމުން ކުޑަކުދިން ޤަވާއިދާ ހިލާފަށް ޑީޕޯޓުކޮށްލުމާއި ރަޝިޔާއަށް ބަދަލުކުރުމުގައި ޕޫޓިން ބައިވެރިވި ކަމަށް ޝައްކު ކުރެވޭތީ ކަމަށެވެ.
މިގޮތުން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ހުކުރު ދުވަހު ބުނެފައިވަނީ އެކޯޓުގެ އަމުރުގައި ބަޔާން ކޮށްފައިވާ ކުށް ކުރުމުގައި، ރަޝިއާގެ ރައީސް ޕޫޓިން އަމިއްލަފުޅު ހައިސިއްޔަތުން ޒިންމާ އުފުއްލަވަން ޖެހޭކަމަށް ޔަގީން ކުރެވޭވަރުގެ ހެކިތައް ލިބިފައިވާ ކަމަށެވެ.
ރަޝިޔާ-ޔޫކުރެއިން ހަނގުރާމަ މީގެ އެއް އަހަރުކުރިން ފެށުނު ފަހުން ދުނިޔޭގެ ޤައުމުތަކުން ތަކުރާރުކޮށް ބުނަމުން ދަނީ ރަޝިޔާ އިން ޔޫކުރެއިން ގައި އިންސާނިއްޔަތާއި ޚިލާފް އެތަށް ޖަރީމާތަކެއް ހިންގަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް