އެޗްޑީސީން ހުޅުމާލޭ ރައްޔިތުންނަށް ބޭއްވި މާހެފުމަށް ހޫނު ތަރުހީބެއް

އެޗްޑީސީގެ ފަރާތުން ހުޅުމާލޭގެ ރައްޔިތުންނަށް މިއަދު ބޭއްވި އާއިލީ ހަވީރަށް ހޫނު ތަރުހީބެއް ލިބިގެން ހިނގައްޖެއެވެ. އެޗްޑީސީން ބުނެފައިވާގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ހ...

17 Mar 2023 | 17:07

އެޗްޑީސީގެ ފަރާތުން ހުޅުމާލޭގެ ރައްޔިތުންނަށް މިއަދު ބޭއްވި އާއިލީ ހަވީރަށް ހޫނު ތަރުހީބެއް ލިބިގެން ހިނގައްޖެއެވެ.

އެޗްޑީސީން ބުނެފައިވާގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ވެސް އެއްބަޔަކު އަނެއް ބަޔަކާ ގުޅުން ބަދަހި އަދި އެކުއެކީގައި އުޅޭ މުޖުތަމައުއެއްގެ ގޮތުގައި ބިނާކުރުމަށެވެ. މި މަގްސަދުގައި މިއަދު ހަވީރު 16:00ން 18:00 އަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބާބަކިއު ސަރަހައްދުގައި ބޭއްވި ހަވީރަކީ ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބިގެން ދިޔަ އާއިލީ ހަވީރެއްކަން އެޗްޑީސީން ފާހަގަކުރެއެވެ.

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި މި އާއިލީ ހަވީރަކީ މާހެފުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަވީރެކެވެ. މި މާހެފުމުގައި ކާތަކެތި ތައްޔާރުކުރުމާއި މުޅި މާހެފުން ރާވާ ހިންގުމަށް ވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެ ކުންފުންޏަށް ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

އެޗްޑީސީން ހިންގާ މިފަދަ ހުރިހާ ހަރަކާތަކަށް ވެސް ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން ފާހަގަކޮށް އެންމެހާ ރައްޔިތުންނަށް އެޗްޑީސީން ޝުކުރުދަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް