ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް ނުވައެއް ގައި "ރޯދަ މާޓު" ގެ ނަމުގައި އައު ފިހާރައެއް އެސްޓީއޯއިން ހުޅުވައިފި އެވެ.
އެސްޓީއޯގެ ރޯދަ މާޓް ހުޅުވައި ދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.
އެސްޓީއޯއިން ބުނީ އެ ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްކޮށް ވެސް އެސްޓީއޯއިން އެތެރެ ކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތައް ލިބޭނެ ކަމަށެވެ.
ރޯދައާއި ދިމާކޮށް ހުޅުވި ރޯދަ މާޓުން ކެއިން ބުއިމަށް ބޭނުން ކުރާ ހުރިހާ ސާމާނެއް ލިބޭނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. ޚާއްސަކޮށް ރޯދައާ ދިމާކޮށް އާންމުން އެންމެ ބޮޑަށް ބޭނުންވާ ބާވަތްތައް ކަމަށްވާ ފިޔާ، އަލުވި އަދި ބިސް ވެސް ލިބޭނެ އެވެ.
މީގެ އިތުރުން އެ ފިހާރައިގައި ރޯދަ ވީއްލުމަށް ތައްޔާރުކުރާ ހެދިކާ ފަދަ ތަކެތިވެސް ބެހެއްޓޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް