ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން އައްޔަން ނުކުރާނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
މަވޯޓާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއާރުއެމްއިން އެމްޑީޕީ ކޯލިޝަނުން ވަކިވާން ބޭނުން ނަމަ ދިއުޅި ދިގުނުކޮށް އަވަހަށް ވަކިވީމަ ނިމުނީ ކަމަށެވެ. އޭނާ ވިދާޅުވީ ފާރިސްއަށް ރަނިން މޭޓު ކަމެއް ނުދޭނެ ކަމަށެވެ.
އިތުރަށް ވިދާޅުވީ އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.
ޝަރީފު މިގޮތަށް ވިދާޅުވި އިރު އެމްޑީޕީން އޮތީ އިންތިހާބުގައި އެ ޕާޓީ އާއި އެކު ކޯލިޝަން ހެދުމަށް އެމްއާރުއެމްއަށް ދައުވަތު ދީފައި އެވެ. މިދިޔަ މަހު ދިން އެ ދައުވަތަށް އަދިވެސް އެ ޕާޓީން ގޮތެއް ނުނިންމަ އެވެ.
ދެން ދައުވަތު ދިނީ އެމްޑީއޭ، ޖޭޕީ އަދި އަދާލަތަށެވެ. އޭގެ ތެރެއިން އަދާލަތާއި އެމްޑީއޭ އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމި އިރު ޖޭޕީން ނިންމީ ވަކިން ރިޔާސީ އިންތިހާބުގައި ވާދަ ކުރާށެވެ.
https://twitter.com/AdduShareef/status/1636664000955183111
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް