ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ، ގަތަރުގެ ހޯމްް މިނިސްޓަރު ޝެއިހް ހަލީފާ ބިން ހައްމާދު ބިން ހަލީފާ އަލް ތާނީ އާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުމަކީ އިމްރާން އެގައުމަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރަކީ މިމަހުގެ 13 އިން 15 ގެ ނިޔަލަށް އެ ގައުމުގައި ބޭއްވި "ގްލޯބަލް ސެކިއުރިޓީ ފޯރަމް" ގައި ބައިވެރިވެވަޑައިގަތުމަށް އިމްރާން ކުރެއްވި ދަތުރެކެވެ.
ރޭ ދެ ބޭފުޅުން ބައްދަލުކުރައްވައި ވަނީ ސެކިއުރިޓީއާ ގުޅޭ ކަންކަމުގައި އެހީތެރިވެ، އެ ދާއިރާ ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
އެ ދާއިރާގެ އިތުރުން ވެސް ދެ ގައުމުގެ މަސްލަހަތާ ގުޅޭ އެކި މައްސަލަތަކާ ގުޅިގެން އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް