ބައެއް ފިރިހެނުން ދެކޭ ގޮތުގައި އަންހެނަކު ރުއްސުމަކީ ނުވަތަ އޭނާ ބޭނުންވާ ގޮތް ދެނެގަތުމަކީ އުނދަގޫ ކަމެކެވެ.
އަންހެނަކު ވިސްނާ ގޮތާއި އިސްކަންދޭ ކަންކަން ދެނެގަތުމަށް ޓަކައި ފިރިހެނުންނަށް މުހިންމު ނޫން ކަމަށް ފެންނަ ބައެއް ކަންތައްތަކަކީ ވެސް ފަހަރުގައި އޭނާއަށް މުހިންމު ކަންތައްތައް ކަމަށްވެސް އެއްބަސްވާން ޖެހެއެވެ.
އަންހެނަކު ރުއްސުމަށް އަމަލު ކުރާނެ ޖާދޫގެ ފޯމިއުލާއެއް ނެތެވެ. ނަމަވެސް ޝައްކެއްވެސްނެތް ގޮތުގައި އަންހެނަކު ވިސްނާ ގޮތް ފެށެނީ އޭނާގެ ވިސްނުމާއި އިސްކަންދޭ ކަންކަމާއި ސަގާފަތާއި ތަޢުލީމީ ފެންވަރަށް ބިނާ ކޮށެވެ.
އަދި އަންހެނުންގެ މެދުގައި ހުރި ތަފާތުތައް ފަދަ ގިނަ ކަންތައްތަކުގެ ސަބަބުން އަންހެނުންނާ މެދު އަމަލު ކުރާނެ ރަނގަޅު ގޮތްތަކުގެ ލިސްޓެއް ހެދުމަކީ ފަސޭހަ ކަމެއް ނޫން ނަމަވެސް އަންހެނުންނަށް މުހިންމު ބައެއް ކަންކަން މޮނިޓާކޮށް ފިރިހެނުންނަށް އެމީހުންގެ ވިސްނުމުގެ ވައްޓަފާޅި ދެނެގަނެ، އުފަލުގައި ބެހެއްޓުމަށް ފަސޭހަ ވެގެންދާނެ 6 ކަމެއް މި އާޓިކަލްގައި ހިމަނާލާނަމެވެ.
- ގިނަގިނައިން ސަޕްރައިޒް ދިނުން: ބައެއް ފިރިހެނުން ގަބޫލުކުރާ ގޮތުގައި އަނބިމީހާއަށް އެއްފަހަރު ނަމަވެސް ސަޕްރައިޒެއް ތައްޔާރުކޮށްފިނަމަ އޭނާގެ ވާޖިބު އަދާކުރެވި މުޅި ކައިވެނީގެ ތެރޭގައި ވެސް އަލުން ސަޕްރައިޒެއް ދޭން ނުޖެހޭނެ އެވެ. ނަމަވެސް އަންހެނަކު އުންމީދު ކުރަނީ ފިރިހެނަކު އަބަދުވެސް އޭނާ ބޭނުންވާ ހަދިޔާއަކުން ނުވަތަ އޭނާ ލޯބިވާކަން އެނގޭ އާދައިގެ ކުޑަ އެއްޗަކުން ވެސް އޭނާ ސަޕްރައިޒް ކުރާނެ ކަމަށެވެ.
- ސަމާލުކަން ދިނުން: އަންހެނުން އެންމެ ބޮޑަށް މާޔޫސްވާ އެއް ކަމެއްގެ ތެރޭގައި އައު ހެއާސްޓައިލެއް ނެގުމަށް ފަހު ނުވަތަ އައު ހެދުމެއް ހިފައިގެން ގެއަށް އައިސް ދެއްކުމުން ވެސް ފިރިހެން މީހާގެ އެއްވެސް ކޮމެންޓެއް ނުލިބުން ހިމެނެއެވެ.
މިހާލަތުގައި އަންހެނަކަށް ތައުރީފުގެ ބަހެއް ބޭނުން ވަނީ ފިރިހެން މީހާގެ ފަރާތުން އޭނާއަށް ސަމާލުކަން ލިބޭކަމުގެ ހިތްހަމަޖެހުން އިހުސާސު ކުރުމަށެވެ.
- އޭނާގެ ވާހަކަތައް ކަނުލާ އަޑުއެހުން: އަންހެނުން، ހާއްސަކޮށް ދުވަހުގެ މަސައްކަތަށް ފަހު، ކޮންމެ ކަމެއްގެ ވާހަކަ ދައްކައެވެ. އެއީ ހިތްހަމަޖެހުން ލިބޭ ކަމެއް ކަމުން ސަމާލުކަން ދީގެން ވާހަކަ ދައްކާއިރު އޭނާގެ ވާހަކަ އަޑުއަހާ، އޭނާގެ ދުވަހުގެ ތަފްސީލުތައް ކިޔައިދޭއިރު ކަނުލާ އަޑުއަހާ ފުރިހަމަ ސަމާލުކަން ދޭށެވެ.
- ތެދުވެރިވުން: ފިރިހެނަކަށް ދޮގެއް ހެދިދާނެ ކަމަށާއި ނަމަވެސް އަންހެނުންނަކީ ދޮގު ހޯދުމުގެ ވަރަށް ބޮޑު ޤާބިލުކަމެއް ލިބިފައިވާ ބައެއް ކަން ޤަބޫލުކޮށް އެމީހުން ރުއްސުމަށްޓަކައި ތެދުވެރިވުން މުހިންމެވެ.
- ފޭވަރިޓް ގޭމްތަކާއި،ފުޓުބޯޅަ މެޗުތަކާއި، ފޯނަށް ވުރެ އޭނާ އަކީ މުހިންމު މީހެއްކަން އިހުސާސްކޮށްދިނުން: ފިރިހެނުންނަކީ ރައްޓެހިންނާއެކު ކޮފީގައި ވަގުތު ހޭދަކޮށް، ގޭމު ކުޅެ، މެޗުތައް ބަލަން ފޯރި ހުންނަ ބައެކެވެ. މިކަންކަން ކުރި ނަމަވެސް މިކަމުގެ ސަބަބުން އަނބިމީހާއަކީ އޭނާގެ ހަޔާތުގައި އެންމެ އިސްކަންދޭ މުހިންމު މީހާކަމުގެ އިހްސާސް ކުޑަވިޔަ ނުދޭށެވެ.
- ގޭތެރޭގެ މަސައްކަތް ތަކުގައި އެހީތެރިވުން: ގޭގެ ހުރިހާ ބުރައަކާއި ދިރިއުޅުމުގެ ހުރިހާ ޒިންމާއެއް އަންހެނުންގެ ކޮނޑުގައި އަޅައި ދޫކޮށްލާ ފިރިހެނަކާމެދު އަންހެނަކު ދެކޭނީ އެއީ ކަންފަސޭހަ އަޅާލުން ކުޑަ ފިރިހެނެއް ގޮތުގައެވެ. މި ވިސްނުން ބަދަލުކުރުމަށް ދަރިން ސްކޫލާއި ޓިޔުޝަނަށް ގެންގޮސްދީ ގެނެސްދީ ނުވަތަ ބަދިގެ ތެރޭގެ އެކި ކަންކަމުގައި އޭނާ އަށް އަތްގާތް ކޮށްދީ ވިޔަފާރި ކުރުމުގައި އެހީތެރި ވެވިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް