ސަނާއާ އަނަސްއަށް ދަރިއަކު ލިބެނީ!

ބޮލީވުޑްގެ ކުރީގެ ބަތަލާ ސަނާ ހާން އާއި ފިރިމީހާ އަނަސް ސައްޔަދަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފި އެވެ. ދެމީހުންނަށް ދަރިއަކު ލިބެން އުޅޭކަން ހާމަ ކުރީ މިފަހުން ދިން އިންޓަވިއުއެއްގައި އެވެ. އޭގަ...

17 Mar 2023 | 09:38

ބޮލީވުޑްގެ ކުރީގެ ބަތަލާ ސަނާ ހާން އާއި ފިރިމީހާ އަނަސް ސައްޔަދަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފި އެވެ.

ދެމީހުންނަށް ދަރިއަކު ލިބެން އުޅޭކަން ހާމަ ކުރީ މިފަހުން ދިން އިންޓަވިއުއެއްގައި އެވެ. އޭގައި ސަނާ ދެއްކީ މުސްތަގުބަލުގައި ދަރިއަކު ލިބުމުން ހުރި ޕްލޭންތަކުގެ ވާހަކަ އެވެ.

އެ އިންޓަވިއުގައި އެ ވާހަކަތަކުގައި ސަނާ މަސައްކަތް ކުރީ ބަނޑުބޮޑު ވާހަކަ ނުބުނަން ކަމަށްވިޔަސް އެ ޕްރޮގްރާމްގެ ތެރެއިން އަނަސް ވަނީ ފަހުރުވެރިިކަމާއި އެކު ދެމީހުންނަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން ހާމަކޮށްފައި އެވެ. އޭގެ ފަހުގައި ސަނާ ވަނީ ދަރިފުޅު ލިބެން އުޅޭތީ ވަރަށް އުފާވެ ދިރިއުޅުމަށް އުޖާލާކަން ލިބިފައިވާ ކަމަށް ބުނެފައި އެވެ.

އަދި އަނަސްވެސް ވަނީ ކުޑަ ދަރިފުޅު އުރާލާ ހިތުންް ކެތްމަދުވެފައި ހުރިކަމަށް ބުނެފައި އެވެ.

ސަނާ އެއްމާބަނޑު ދެކުދިން ބޭނުން ނުވާ ކަމަށް ބުންޏެވެ. އެކަމަކު ދެމީހުންނަށް ގިނަ ދަރިންތަކެއް މާތް ﷲ ދެއްވުމަކީ ބޭނުންވާ ކަމެއް ކަމަށް ބުނެފައިވ އެވެ.

ސަނާ ބޮލީވުޑް ދޫކޮށް ބުރުގާ އަޅައި އަނަސްއާއި ކައިވެނި ކުރުން ވެގެން ދިޔައީ 2020 ވަނަ އަހަރު އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ގުޑުން ގެނައި ހަބަރަކަށެވެ. ހަމައެގޮތަށް މިހާރު އޭނާ ބަނޑުބޮޑުވުމުންވެސް އެކަން ދަނީ ސަޕޯޓަރުން ފާހަގަ ކުރަމުންނެވެ.

ސަނާ ވަނީ ފިލްމު ކުޅުނު އިރު ހިންދީ ތަމަޅަ އަދި ޓެލެގޫ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް