ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުުރުސަތު ހުޅުވާލައިފި އެވެ.
ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވަޒީފާއަށް ކުރިމަތިލެވޭނީ18-15 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށެވެ. މަގާމަށް ކުރިމަތި ލެވޭނީ ދިވެހި ރައްޔިތަކަށްވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމުންނެވެ.
ވަޒީފާ ދިނުމުގައި ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބަލާނެއެވެ.
ވަޒީފާއަށް ކުރިމަތިލާ މީހުންގެ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮވެގެން ނުވެ އެވެ. ފިރިހެނުން އިސްކޮޅުގައި ފަސް ފޫޓް ފަސް އިންޗި ހުރުމާއި، އަންހެނުންގެ އިސްކޮޅުގައި ފަސް ފޫޓް ތިން އިންޗި ފުރިހަމަވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން ހިމެނެއެވެ.
ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވަނީ އޭޕްރީލް 16 ވަނަ ދުވަހުގެ މެންދުރު 2:00 ގައި އެވެ. އީ-މެއިލް މެދުވެރިކޮށް ފޯމް ހުށަހެޅަން ޖެހެނީ [email protected] އަށެވެ.
ފޯމު ޑިފެންސް މިނިސްޓްރީގެ ސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް