ޓްރީ ޓޮޕް ހޮސްޕިޓަލުން އޯޕަން ޑޭއެއް މާދަމާ

ޓްރީ ޓޮޕް ހޮސްޕިޓަލުން އޯޕަން ޑޭއެއް މާދަމާ ބާއްވަން ނިންމައިފިއެވެ. އެ ހޮސްޕިޓަލުން ބުނީ މާދަމާ ފަށާ އޯޕަން ޑޭގެ ހަރަކާތްތައް ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕ...

17 Mar 2022 | 17:42

ޓްރީ ޓޮޕް ހޮސްޕިޓަލުން އޯޕަން ޑޭއެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މާދަމާ ފަށާ އޯޕަން ޑޭގެ ހަރަކާތްތައް ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާނެ ކަމަށެވެ.

އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯޕަން ޑޭގެ ހަރަކާތްތައް  ހޮނިހިރު ދުވަހު ވެސް ކުރިއަށްދާނެއެވެ.

މި ހަރަކާތުގެ ތެރޭގައި އާންމުންނަށް ހޮސްޕިޓަލުގެ މަސައްކަތު މާހައުލު ބަލައިލުމުގެ ފުރުސަތު ފަހި ކޮށްދޭނެއެވެ.

މީގެ އިތުރުން ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ވަޒީފާތަކަށް ޝައުގުވެރިވާ ނަމަ ވަގުތުން ސީވީ ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ތަފާތު ވަޒީފާތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމާއި ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.

ޓްރީ ޓޮޕް ހޮސްޕީޓަލުގެ އޯޕަން ޑޭ ބާއްވާ ގަޑިތަކަކީ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

އަދި ހޮނިހިރު ދުވަހު ހަވީރު 4:00 އިން 6:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް