12 ކިލޯ ޑްރަގާއި އެކު ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި ހަފްތާ ތެރޭގައި އަތުލައިގަތް12 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ. އެ މައްސަލައިގަ ފުލުހުން ތިން މީހަކު ހައްޔަރު ކުރި އެ...

17 Mar 2022 | 17:13

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި ހަފްތާ ތެރޭގައި އަތުލައިގަތް12 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ.

އެ މައްސަލައިގަ ފުލުހުން ތިން މީހަކު ހައްޔަރު ކުރި އެވެ. އެމީހުން ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހު ރާއްޖެއަށް އެތެރެ ކުރި މަސްތުވާތަކެއްޗާއި އެކު ލޯންޗަކުންނެވެ.

ފުލުހުން މިރޭ ބުނީ މި މައްސަލައިގަ ހައްޔަރު ކުރީ ނ. ވެލިދޫ، މަރިޔާޒް އުމުރުން 30 އަހަރުގެ މުހައްމަދު އަބްދުއް ލަތީފާއި، އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 37 އަހަރުގެ ސްމޭޝް ކޭއޭ ކްރިސްޓަން ކުޓީ އެވެ. ދެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 30 އަހަރުގެ ކަވްސަރު އަލަމް އެވެ.

މި ތިން މީޙުންގެ ތެރެއިން އަބްދުއްލަތީފްގެ ބަންދަށް 10 ދުވަސް އަދި ދެން ތިބި ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްދީފައިވެ އެވެ.

މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު އިންޑިއާ މީހާ އަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ އަދި މީގެކުރިން މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކުގައި ހައްޔަރުކުރި މީހެއް ކަމަށް ފުލުހުން ބުންޏެވެ. ކުރިން ހައްޔަރު ކުރުމުން އޭނާ ދޫކޮށްލީ ކޯޓުން ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން ބުނި ގޮތުގައި އަބްދުއްލަތީފަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.

ފުލުހުން ވަނީ މި އޮޕަރޭޝަންގައި މާލޭގެ ގެއަކާއި ގެސްޓްހައުސްއެއް އަދި ލޯންޗެއް ބަލާ ފާސްކޮށްފައިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް