ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް އިތުރު ހަތަރު ކުންފުންޏަކަށް މިއަދު ދީފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން އިތުރު ހަތަރު ކުންފުންޏަކަށް ހުއްދަ ދޫކޮށްފައިވާ ކަމަށެވެ.
ޕޭމަންޓް ޚިދުމަތުގެ ހުއްދަ ދޫކޮށްފައިވާ ހަތަރު ކުންފުންޏަކީ، ފަހި ޕޭ، ވީޓީޓީ ފައިނޭންސް، ޕޭޔާ ޕްރައިވެޓް ލިމިޓެޑް، އަދި ގްލޯބަލް ޕޭމަންޓްސް އޭޝިއާ ޕެސިފިކް މޯލްޑިވްސް އެވެ.
އެގޮތުން ފަހި ޕޭ އަށް އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ޚިދުމަތް ދީފައިވާއިރު ވީޓީޓީ ފައިނޭންސް އިން ދޭނީ ޕޭމަންޓް މުއާމަލާތައް އެކުއަޔާ ކުރުމުގެ ހިދުމަތް ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.
މީގެ އިތުރުން ޕޭޔާ ޕްރައިވެޓް ލިމިޓެޑަށް ދީފައިވަނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ލައިސަންސެވެ.
ގްލޯބަލް ޕޭމަންޓްސް އޭޝިއާ ޕެސިފިކް މޯލްޑިވްސް - ޕޭމަންޓް މުއާމަލާތައް އެކުއަޔާ ކުރުމުގެ ހިދުމަތް ދޭނެ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ 24 ވަނަ ދުވަހު ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް އެމްއެމްއޭ އިން އެންމެ ފުރަތަމަ ދިނީ ދިރާގާއި އުރީދޫ މޯލްޑިވްސް އަށެވެ.
މިގޮތުން އުރީދޫ އަށް ދީފައިވަނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތާއި ރެމިޓަންސް ހިދުމަތް ދިނުމުގެ ލައިސަންސެވެ.
އަދި ދިރާގަށް ދީފައިވަނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސެވެ.
އެމްއެމްއޭ އިން ބުނީ އަލަށް ދޫކުރެވިގެން ދިޔަ ލައިސަންސްތަކުގެ ސަބަބުން ގިނަ ޕޭމަންޓް ޚިދުމަތްތަކެއް ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެ މަގުފަހިވެގެން ދާނެކަމަށް އުންމީދު ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް