ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީގަލް ކައުންސިލް އަހުމަދު އަބްދުﷲ އަފީފު މަގާމުން ވަކިކޮށްފި އެވެ.
އަފީފު މަގާމުން ވަކި ކުރި ސަބަބެއް ނޭނގެ އެވެ.
އެކަމަކު ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވަނީ އަފީފު މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އޭނާ ވަޒީފާއިން ވަކި ކުރީ ވަޒީފާއަށް ފަރުވާ ކުޑަކޮށް އޮފީހަށް ހާޒިރު ނުވާ ދުވަސް ގިނަވާން ފެށުމުން ހެދި ޕާފޯމަންސް ރިވިއު އަކަށް ފަހު އެވެ.
އަފީފު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައިވެސް މަސައްކަތްކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް