އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ރައީސާއި ނައިބު ރައީސް އައްޔަން ކޮށްފި އެވެ.
ކުރީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ނިންމާފައި ވަނިކޮށް މެމްބަރުން އިސްތިއުފާ ދެއްވުމުން އަލަށް ރުހުން ދިން މެމްބަރުން މަގާމުގެ ހުވާ ކުރެއްވީ މިއަދު އެވެ. އޭސީސީއަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ފަސް މެމްބަރުން މިއަދު މަގާޟުގެ ހުވާ ކުރައްވާފައިވެ އެވެ.
އޭގެ ތެރެއިން ރައީސަކާއި ނައިބު ރައީސަކު ހޮވަން ޖެހެނީ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އާ ކޮމިޝަނުގެ ރައީސަކަށް ކަނޑައެޅީ ތ. ވިލުފުށި، ރަތްވިލާގޭ އާދަމް ޝާމިލް އެވެ. ނައިބަކަށް ކަނޑައެޅީ ށ. ނަރުދޫ، ހަވާ، އަބްދުއްސަލާމެވެ.
ޝާމިލް އަކީ އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ސަލާމް އަކީ ވެސް އޭސީސީގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކަށް ކުރިން ހުންނެވި ބޭފުޅެކެވެ.
ދެން އެ ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ އދ. މާމިގިލި، ކަޅިހާރުގެ ތާހާ މުހައްމަދު، ހދ. ނޮޅިވަރަމްފަރު، ރިހިވިލު ޝަޒްނާ ހާޝިމް އަދި ރ. ހުޅުދުއްފާރު، ނާރެސް، ޝިޔާމާ މުހައްމަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް