އެސްޓީއޯގެ ލެބުން ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓު ކޮށްފި

އެސްޓީއޯއިން ހުޅުވި ފިއުލް ޓެސްޓިން ލެބޯރަޓަރީގައި ފުރަތަމަ ފަހަރަށް މިއަދު ތެޔޮ ޓެސްޓްކޮށްފި އެވެ. މިލެބަކީ ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމ...

17 Mar 2022 | 15:15

އެސްޓީއޯއިން ހުޅުވި ފިއުލް ޓެސްޓިން ލެބޯރަޓަރީގައި ފުރަތަމަ ފަހަރަށް މިއަދު ތެޔޮ ޓެސްޓްކޮށްފި އެވެ.

މިލެބަކީ ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި ހުޅުވި ލެބެކެވެ.

މިލެބޯޓްރީގައި ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފައިވަނީ އެމްއޭސީއެލް އިން ފޮނުވި ޖެޓްފިއުލް ސާމްޕަލެކެވެ. އެސްޓީއޯއިން ބުނީ މިހާރު ދުވަސްތަކަކުން ކުރެވޭ މި މަސައްކަތް ގަޑިއިރުތަކެއްގެ ތެރޭގައި ކޮށްލެވޭނެ ކަމަށެވެ.

އެސްޓީއޯއިން މި ލެބް ގާއިމްކުރުމުގެ ކުރިން، ރާއްޖެ ގެންނަ ތެޔޮ ޓެސްޓް ކުރުމަށް ފޮނުވަމުންދިޔައީ ރާއްޖެއިން ބޭރަށެވެ. އެސްޓީއޯގެ ތެޔޮ ލެބް ހިންގަނީ ޕްރޮޑަކްޓް ޓެސްޓިންގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓްކުރާ ގޮތަށެވެ.

އެ ލެބުން ހަދާ ޓެސްޓުތަކަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ގަބޫލު ކުރާ ސްޓެންޑަޑްގެ ޓެސްޓުތަކެކެވެ. އެ ލެބޯޓްރީގައި ޓެސްޓު ކުރަން ފެށުމާ އެކު ޖީސީސީ އެކްރިޑޭޝަން ސެންޓަރުގެ އައިއެސްއޯ އަދި އައިއީސީ 17025:2017 އެކްރިޑޭޝަން ލިބޭނެ އެވެ.

މިވަގުތު އެތަނުގައި މަސައްކަތް ކުރަނީ ޖީއޯ ކެމް ކުންފުނީގެ މުވައްޒަފުންނެވެ. އެސްޓީއޯއިން ބުނީ ކުރިޔަށް އޮތްތާ އެ ތަނުގައި މަސައްކަތް ކުރާނީ ދިވެހިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް